އަންނަ އަހަރަށް ހުށަހެޅިީ ޚަރަދާއި އިސްރާފު ބޮޑު، "ކަޓު" ބަޖެޓެއް: މީކާއިލް
ސަން
12 ނޮވެމްބަރު 2025 | ބުދަ | 1:30
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަަހަޅައިފައިވާ ދައުލަތުގެ ބަޖެޓަކީ އިސްރާފު ބޮޑުވާނެ، އަދި ޚަރަދު ވެސް ވަރަށް ބޮޑު، ނާޖާއީޒް މަންފާތަކެެއް ހޯދަން، ސަރުކާރުން ފާސްކުރަން އުޅޭ ބަޖެޓެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ބަޖެޓާ ބެހޭ ގޮތުން ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ، ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ފިސްކަލް ޗާޓަރެއް އެކުލަވައިލައި، އެއަށް ބިނާކޮށް ފިސްކަލް ސްޓްރެޓެޖީއެއް ބިނާކުރަން ޖެހޭކަމަށް މީކާއިލް ވިދާޅުވިއެވެ.
އަދި ކޮންމެ އަހަރަކު ބަޖެޓު ހުށަހަޅަން ޖެހެނީ އެ ސްޓްރެޓެޖީއާ އެއްގޮތަށް ކަމަށް މީކާއިލް ވިދާޅުވިއެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅީ އެ ސްޓްރެޓެޖީ އާންމުނުކޮށް، އެންމެ މައި އަސާސާ ޚިލާފަށް ކަމަށް މީކާއިލް ވިދާޅުވިއެވެ.