ބަޖެޓު ކުޑަކުރުމުގެ ކަންބޮޑުވުމާއެކު ޝާމިލް: ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާ!
ސަން
12 ނޮވެމްބަރު 2025 | ބުދަ | 3:40
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަންނަ އަހަރަށް ކަނޑައެޅި ބަޖެޓު މި އަހަރަށްވުރެ ކުޑަކޮށްފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެ ކޮމިޝަނަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް، އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު މިއަދު ވަނީ ހުށަހަޅައިފައެވެ.
އެ ކޮމިޓީގައި އޭސީސީއަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝާމިލް ވަނީ، އެ ކޮމިޝަނަށް ސަރުކާރުން ފާސްކޮށްފައި އޮންނަ ބަޖެޓުން ޚަރަދު ކުރާއިރު، ފިނޭންސް މިނިސްޓްރީގައި ވަކިވަކިން ފައިސާއަށް އެދެން ޖެހޭ ކަމަށެވެ.