އަންނަ އަހަރުގެ ބަޖެޓުން ޒިންމާ އަދާނުކުރެވޭނެ، 78 ޕަސެންޓް ދާނީ މުސާރައަށް: އޭސީސީ
ސަން
12 ނޮވެމްބަރު 2025 | ބުދަ | 4:19
އަންނަ އަހަަރަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދޭން ކަނޑައަޅައިފައިވާ ބަޖެޓަކީ ގާނޫނީ ޒިންމާ އަދާކުރަން އެކަށޭނަ ބަޖެޓެއް ނޫންކަމަށް އޭސީސީން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، އޭސީސީގެ ބަޖެޓުގެ ސީލިންއަކީ 49.8 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މަޖިލީހަށް ފިނޭންސް މިނިސްޓްރީން ބަޖެޓު ހުށަހެޅިއިރު އޭސީސީއަށް ބަޖެޓުކޮށްފައި އޮތީ ދެ މިލިއަނެއްހާ ރުފިޔާ މަދުކުރުމަށްފަހު 47 މިލިއަން ރުފިޔާ ކަމަށް ޝާމިލް ވިދާޅުވިއެވެ.
އޭގެ ތެރެއިން 37 މިލިއަން ރުފިޔާ މުސާރައާއި އިނާޔަތްތަކަށް ޚަރަދުވާއިރު، އެއީ 78 ޕަސެންޓު ކަމަށް ވިދާޅުވިއެވެ. އެއަށްފަހު ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ބާކީ އޮންނާނީ 1.6 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ. އެއީ މުޅި ބަޖެޓުގެ 3.39 ޕަސެންޓު ކަމަށް އޭނާ ވިދާޅުވިއެވެ.