ސައިބާ ކުށްތަކާ ދެކޮޅަށް މަޖިލިސްތަކުން ހަރުކަށި ފިޔަވަޅު އަޅަން އަބްދުއްރަހީމް ގޮވާލައްވައިފި
ސަން
12 ނޮވެމްބަރު 2025 | ބުދަ | 5:52
ސައިބާ ނުރައްކާތައް ފަދަ ކުށްތަކާ ދެކޮޅަށް ގާނޫނު ހަދާ މަޖިލިސްތަކުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފިއެވެ.
އަބްދުއްރަހީމް އެފަދައިން ވިދާޅުވީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އިންޓަ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސް (އައިއެސްސީ)ގައި ތަގުރީރުކުރައްވަމުންނެވެ.
އެ ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ، ސުލްހަވެރިކަމާއި ދެމެހެއްޓެނިވި ތަރައްގީއަށް ޓަކައި ގައުމުތަކުގެ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.