ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް ހުރިހާ ރަށެއްގައި ވެސް މަޝްރޫއުތައް ހިންގާނަން: ރައީސް
ސަން
12 ނޮވެމްބަރު 2025 | ބުދަ | 6:30
ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތައް ހުރިހާ ރަށެއްގައި ވެސް ހިންގަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ގިނަ މަޝްރޫއުތައް ނިންމުމަށް ސަރުކާރު އިސްކަންދެއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ޖުމްލަކޮށް މި އަހަރު ނިމުނު ކަންކަމާއި، ސޮއި ކުރެވުނު މަޝްރޫއުތަކާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ވެގެން ދާނީ ރިޔާސީ އިންތިޚާބު ތެރޭގައި ރައްޔިތުން އެމަނިކުފާނުގެ ގާތުގައި ދެންނެވި ކަންކަން ފުރިހަމަ ވެގެން ދާނެ މަޝްރޫއުތަކަކަށް ކަމަށެވެ.