ކަސްޓަމްސްގެ މުސާރައަށް 270 މިލިއަން ރުފިޔާގެ ބަޖެޓެއް، އަންނަ އަހަރު މުސާރަ ބޮޑުވާނެ
ސަން
12 ނޮވެމްބަރު 2025 | ބުދަ | 7:34
އަންނަ އަހަރު ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށާއި، ސަރުކާރުން ހުށަހެޅީ 270 މިލިއަން ރުފިޔާއަށް ވުރެ މުސާރައަށް ކުރާ ހޭދަ އިތުރުނުކުރަން ކަމަށް، ކަސްޓަމުން މިއަދު ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ ގުޅޭގޮތުން މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ފާތިމަތު ދިޔާނާ ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ކަސްޓަމްސްއަށް ދިން ސީލިންއަކީ މުވައްޒަފުންގެ މުސާރައަށް 270 މިލިއަން ރުފިޔާ ކަމަށާއި، އޮފީސް ހިންގުމަށް 46 މިލިއަން ރުފިޔާ ކަމަށެވެ.
އެހެންކަމުން އެއީ ޕީއެސްއައިޕީ މަޝްރޫއުތައް ނުހިމަނާ ޖުމްލަ 316 މިލިއަން ރުފިޔާއެވެ.