ރަސްމާލޭގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި
ސަން
12 ނޮވެމްބަރު 2025 | ބުދަ | 9:19
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލޭގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރަސްމާލޭގެ ބިން ހިއްކަމުން ދަނީ އެކި ސަރަހައްދުތައް އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށާއި، އޭގެ ތެރެއިން ތިން ސަރަހައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ސައިޓް-ޖޭ އެއްކޮށް ހިއްކާފައިވާ ކަމަށާއި، ސައިޓް-އެލް ގެ 25.53 ޕަސެންޓު، އަދި ސައިޓް-ސީގެ 20.09 ޕަސެންޓު މިހާރު ހިއްކާފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ފަސް މަސް ދުވަހުގެ ތެރޭ ރަސްމާލޭގައި ހިއްކާ ބިމުން 15,000 ގޯތި ދޫކުރުމަށް އިއުލާނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.