ޖާބިރުގެ ތާއީދު ރައީސް މުއިއްޒަށް، ވިދާޅުވީ މަޝްރޫއުތައް މިހާރު ކުރިއަށްދާ ދުވެލި ރަނގަޅު ކަމަށް!
ސަން
12 ނޮވެމްބަރު 2025 | ބުދަ | 9:46
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ޖާބިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާކަން މިރޭ ހާމަކުރައްވައިފިއެވެ.
މިވަގުތު ސިޔާސީ ދާއިރާގައި ދުރުގައި ހުންނެވި ޖާބިރު، ރައީސް މުއިއްޒަށް ތާއީދުކުރައްވައި، ހުކުރު ދުވަހުގެ ރޭ އޮންނަ ޕީއެންސީގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އެ ވީޑިއޯގައި ޕީއެންސީ ހަރުގެ ކުރިމަތީ ހުންނަވައި ޖާބިރު ވިދާޅުވީ، މި ސަރުކާރުން ރާއްޖެ ތަރައްގީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ގާތުން ބައްލަވާ ކަމަށާއި، މަޝްރޫއުތައް މިހާރު ކުރިއަށްދާ ދުވެލީގައި ރައީސްގެ ތަރައްގީގެ ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމަށެވެ.