އަންނަ ޖުލައިގެ ކުރިން 55 ކައުންސިލް އިމާރާތް ނިމޭނެ: މިނިސްޓްރީ
ސަން
12 ނޮވެމްބަރު 2025 | ބުދަ | 11:28
އަންނަ ޖުލައި މަސް ނިމުމުގެ ކުރިން 55 ރަށެއްގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ އިމާރާތްތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް، ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން 'އެކްސް'ގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން 18 އަތޮޅެއްގައި އިމާރާތްކުރާ 55 ރަށުގެ ކައުންސިލް އިދާރާތަކުގެ އިމާރާތުގެ ތެރެއިން 38 ރަށަކަށް، މަސައްކަތަށް ބޭނުންވާ ތަކެތި ވަނީ ފޮނުވާފައެވެ. އަދި 42 ރަށެއްގައި މިހާރު ވަނީ އަމަލީ މަސައްކަތް ފަށާފައެވެ.
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާތައް އިމާރާތްކުރުމަށް އެންމެ ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ، މިއަހަރުގެ ޖެނުއަރީ މަހުގެ 20ވަނަ ދުވަހުގައެވެ.