ބީއެމްއެލްއިން ހައުސިންއަށް ކުންފުންޏެއް ހަދައި، 3000 ޔުނިޓް އަޅަން ބިމާ ހަވާލުވެއްޖެ
ސަން
13 ނޮވެމްބަރު 2025 | ބުރާސްފަތި | 12:21
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޯހިޔާވަހިކަމަށް ޚާއްސަކޮށް ސަބްސިޑަރީ ކުންފުންޏެއް އުފައްދައި، މާލެ ސަރަހައްދުގައި 3،000 ހައުސިން ޔުނިޓް އެޅުމަށް މިއަދު ބިމާ ހަވާލުވެއްޖެއެވެ.
ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވަނީ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ, ބީއެމްއެލްގެ ޑިރެކްޓާ އޮފް އެގްޒެކެޓިވް އެފެއާޒް، ޕްރޮޕަޓީސް، އެންޑް އެޑްމިނިސްޓްރޭޝަން، ޙަސަން ޝާމްއެވެ.
ބީއެމްއެލްއިން އެ ކުންފުނި އުފެއްދީ، ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކެބިނެޓުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި، ނެޝަނަލް ހައުސިން އެފޯޑެބުލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓުގެ ދަށުންނެވެ.