މިހާރު ވެސް މުސާރައިގެ ޚަރަދު ނިސްބަތުން ބޮޑު، އިތުރަށް ބޮޑުވާނަމަ ފިސްކަލް ޚަރަދު ނުހިފެހެއްޓޭނެ: ފިނޭންސް
ސަން
13 ނޮވެމްބަރު 2025 | ބުރާސްފަތި | 1:22
މިހާރު ވެސް މުސާރައަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ނިސްބަތުން ބޮޑު ކަމަށާއި، އިތުރަށް އެ ޚަރަދު ބޮޑުވާނަމަ ފިސްކަލް ޚަރަދު ނުހިފެހެއްޓޭ މިންވަރަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ހަމައެކަނި މުސާރައަށް އަންނަ އަހަރުގެ ބަޖެޓުގައި 14.8 ބިލިއަން ރުފިޔާ ހޭދަ ކުރާއިރު، އެލަވަންސާއި ޕެންޝަނާއެކު އެ އަދަދު 17 ބިލިއަނެއްހާ ރުފިޔާއަށް އިތުރުވާނެ ކަމަށެވެ.
އެއީ މުޅި ދައުލަތުގެ ބަޖެޓަށް ބަލާއިރު ފުދޭވަރެއްގެ ބޮޑު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.