މިނިވަން މުއައްސަސާތައް ކުޑަކޮށްގެން ނަމަވެސް ދައުލަތުގެ ޚަރަދު ކުޑަކުރަން އެބަޖެހޭ: މެންބަރުން

ސަން

13 ނޮވެމްބަރު 2025 | ބުރާސްފަތި | 1:51

މިނިވަން މުއައްސަސާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ބަޖެޓުގެ ބޮޑުބައި އެ މުއައްސަސާތަކުގެ މުވައްޒަފުން ޚަރަދަށް ކުރަންޖެހޭތީ މުސާރައިގެ ޚަރަދު އިންތިހާއަށް ބޮޑުވާ ކަމަށާއި، މިނިވަން މުއައްސަސާތައް ކުޑަކޮށްގެން ނަމަވެސް ދައުލަތުގެ ޚަރަދު ކުޑަކުރަން ޖެހޭ ކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މެންބަރުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް 607 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް 20 އިދާރާއަކުން އެދިފައިވާ ކަމަށެވެ. ނަމަވެސް އެ އިދާރާތަކަށް ބަޖެޓު އިތުރުކޮށްދޭނަމަ ޖެހޭނީ ބަޖެޓުގެ އެހެން ދިމާއަކުން އުނިކޮށްގެން އެ ބައި ހޯދަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އެއް މަސައްކަތެއް ކުރާ މިނިވަން މުއައްސަސާތައް ކުޑަކުރަން ޖެހޭ ކަމަށް ނާޒިމް ޚިޔާލުފާޅުކުރެއްވިއެވެ.

މައުޟޫޢުތަށް