ޑުރަގުގެ ވިޔަފާރިކުރާ މީހުންނަށް އިހުސާންގެ އިންޒާރު: ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން!
ސަން
13 ނޮވެމްބަރު 2025 | ބުރާސްފަތި | 3:47
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ރާއްޖޭގައި ދިރިއުޅެން އުނދަގޫވާ ވަރަށް ފުލުހުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އިންޒާރުދެއްވައިފިއެވެ.
އިހުސާން އެގޮތަށް ވިދާޅުވީ ފަތިހު 05:00ހާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް ފުލުހުން މުޅި ރާއްޖޭގައި ފަށައިފައިވާ ޑުރަގު އޮޕަރޭޝަނާ ގުޅޭ ގޮތުންނެވެ.
"އަލިމަގު"ގެ ނަން ދީފައިވާ އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ނަވީން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްދާނެ ކަމަށާއި މި މަސައްކަތަކީ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުންގެ ހުރިހާ ބަހާތަކެއް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.