އަސާސީ ޚިދުމަތްތައް ނުދެވޭއިރު, ސަރުކާރު ކުންފުނިތައް ބޭނުން ކުރަނީ ޕީއެންސީ ޕްރޮމޯޓް ކުރަން: އެމްޑީޕީ
ސަން
13 ނޮވެމްބަރު 2025 | ބުރާސްފަތި | 4:46
ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބަދަލުގައި، ވެރިކަން ކުރާ ޕީއެންސީ ޕްރޮމޯޓް ކުރުމަށް ދައުލަތުގެ ކުންފުނިތަކުގެ ބަޖެޓް ބޭނުންކުރަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.
އެމްޑީޕީން އެ ތުހުމަތު ކުރީ، ރާއްޖޭގައި ތިންވަނައަށް އެެއްމެ އާބާދީ ބޮޑު ފުވައްމުލަކުގެ ފެން ސަޕްލައި ނެޓްވޯކް ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ހުއްޓިފައި އޮތް މައްސަލައަށް އިޝާރާތްކޮށްފައެވެ.
ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން ކެނޑި، ފެނަށް ޖެހުނީ މިދިޔަ ހޯމަ ދުވަހެވެ. އެ ދުވަހު ފެނަކައިން އެންމެ ފުރަތަމަ ބުނީ، ލީކެއް އުޅޭތީ ޚިދުމަތް މެދުކެނޑުމަށް ފަހު ހަމަ އެ ދުވަހު އަލުން ލިބޭނެ ކަމަށެވެ.