ފުވައްމުލަކު ގޭގެއަށް ފެން ދޫކުރަން ފަށައިފި, އެކަމަކު ނަތީޖާ ނުލިބޭތީ އަދި ބޭނުމެއް ނުކުރެވޭ

ސަން

13 ނޮވެމްބަރު 2025 | ބުރާސްފަތި | 5:56

އެންމެ ފަހުން ނެގި ފެން ސާމްޕަލްގެ ނަތީޖާ ނުލިބެނީސް ރަށުގެ ރައްޔިތުންނަށް އެ ފެން ދޫކުރާތީ ފުވައްމުލަކު ސިޓީ ކައުންސިލުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހޯމަ ދުވަހުއެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެނުގެ ވިއުގައިން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ފުވައްމުލަކުގެ ފެން ސަޕްލައި ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން، އެމްއެފްޑީއޭއާއި ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ސްޓެންޑަޑާ އެއްގޮތަށް ޑިސްއިންފެކްޓްކޮށްފައިވާ ކަމަށާއި، ފެން ރައްކާކުރާ ތާނގިތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް ކުރަން ފެށި ކަމަށެވެ.

މައުޟޫޢުތަށް