ދުވުންތެރިޔާ އާތިފް، މަޑަވެލީގެ އެންމެ އުތުރުން ފިޔޯރީގެ އެންމެ ދެކުނަށް ފަރުމަތިން 48 ކިލޯމީޓަރު ހިނގައިފައި ހުރަސްކޮށްފި
ސަން
13 ނޮވެމްބަރު 2025 | ބުރާސްފަތި | 7:47
ދުވުންތެރިޔާ އަހްމަދު އާތިފް، މިފަހަރު ގދ. މަޑަވެލީގެ އެންމެ އުތުރުން، ހަމަ އެ އަތޮޅުގެ ފިޔޯރީއަށް، ފަރުމަތިން ހިނގާފައި ހަތް ދުވަހުން 48 ކިލޯމީޓަރު ހުރަސްކޮށްފިއެވެ.
މަޑަވެލީގެ އެންމެ އުތުރުން ފިޔޯރީގެ އެންމެ ދެކުނަށް، ފަރުމަތިން ހިނގައި 48 ކިލޯމީޓަރު ކަޑައްތުކުރުމުގައި އާތިފްގެ އިތުރުން ހަ މީހަކު ބައިވިރިވިއެވެ.
ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި އާތިފް ބުނީ، މަޑަވެލީގެ އެންމެ އުތުރުން ފިޔޯރީގެ އެންމެ ދެކުނަށް، ތިލަ ފަޅުގައި ހިނގާފައި ދިޔަ ދަތުރުގައި ހަމައެކަނި ގެންދިޔައީ ދަތުރަށް ބޭނުންވާ ވަރަށް، 15 ކިލޯއާއި 25 ކިލޯއާ ދެމެދުގެ ތަކެތި ކަމަށެވެ.