ދިވެހިބަހާ ބެހޭ މިނިސްޓްރީގެ ޚާއްސަ މުޝީރުކަމަށް، ސްޓޭޓް މިނިސްޓަރު ފެންވަރުގައި އުތީމު އާދަމްބެ އައްޔަންކޮށްފި

ސަން

13 ނޮވެމްބަރު 2025 | ބުރާސްފަތި | 9:03

ސާޅީސް ދެ އަހަރު، ދައުލަތަށް ޚިދުމަތްކޮށްދެެއްވި ހއ، އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ، އަދި މަޝްހޫރު އަދީބު އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަށް ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ މިނިސްޓްރީގެ ޚާއްސަ މުޝީރުކަމުގެ މަގާމު މިއަދު ދީފިއެވެ.

"ސަން"އަށް ވަނީ އެނގިފައިވާ ގޮތުގައި، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ވެސް މި އަހަރު ލިބިވަޑައިގެންނެވި އުތީމު އާދަމްބެއަަށް އެ މަގާމު ދެއްވީ، ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. ސްޓޭޓް މިނިސްޓަރަކަށް މުސާރައިގެ ގޮތުގައި މަހަކު 45،000 އެއްހައި ރުފިޔާ ލިބެއެވެ. އަދި މިއަދު ވަޒީފާއަށް ނިކުންނަވަން ފައްޓަވައިފައިވާކަމަށް ވަނީ އެނގިފައެވެ.

މިހާރު ވެސް މުޝީރުންގެ މަގާމުގައި 20،000 ރުފިޔާގެ މުސާރައަކާ އެކު، ހަތަރު ބޭފުޅަކު އެބަ ތިއްބެވިއެވެ. އެއީ، އަބްދުﷲ ޞާދިގު (ޞާދުބެ)، ޝާހިދު ޙަލީމް، އައްބާސް އިބްރާހިމާއި، އަބްދުއްރަަޝީދު ހުސައިނެވެ.

މައުޟޫޢުތަށް