11 ޕީއެޗްޑީ ހިމެނޭހެން ޗައިނާއިން ސްކޯލާޝިޕްގެ 20 ފުރުސަތު ދިވެހީންނަށް ހުޅުވައިލައިފި
ސަން
13 ނޮވެމްބަރު 2025 | ބުރާސްފަތި | 9:40
ޕީއެޗްޑީއަށް ކިޔަވަން 11 ފުރުސަތު ހިމެނޭހެން، ޗައިނާއިން ރާއްޖެއަށް ސްކޯލާޝިޕްގެ 20 ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނެއްގައި ބުނީ، ޗައިނާގެ ސްކޯލާޝިޕް ކައުންސިލް (ސީއެސްސީ)އިން އަންނަ އަހަރުން 2027ވަނަ އަހަރަށް، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ސްކޯލާޝިޕްގެ 20 ފުރުސަތެއް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
މި އިއުލާނުގައިވާ ގޮތުން، ޗައިނާގައި އަލަށް ކިޔަވަން ފަށާ ދިވެހި ދަރިވަރުންނަށާއި މިހާރު ވެސް އެ ގައުމުގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ސްކޯލާޝިޕަށް އެދި ހުށަހެޅޭނެއެވެ.