ރާއްޖެ އޮންނާނީ ގާތް ގައުމެއްގެ ގޮތުގައި، އިތުރު ފުރުސަތުތައް ހޯދައިދޭން ތައްޔާރު: ސައުދީ ސަފީރު
ސަން
13 ނޮވެމްބަރު 2025 | ބުރާސްފަތި | 9:33
ސައުދީ އަރަބިޔާއިން، އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ އޮންނާނީ ގާތް ގައުމެއްގެ ގޮތުގައި ކަމަށާއި އިތުރު ފުރުސަތުތައް ދިވެހީންނަށް ހޯދައިދިނުމަށް ޓަަކައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ސައުދީއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާތަކުގެ އިސް ބޭފުޅުންނާއި ނޫސްވެރިންނާއެކު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ސަފީރު ވިދާޅުވީ، ސައުދީ އަރަބިޔާގެ އިންވެސްޓްމަންޓުތަކަކީ ހަމައެކަނި ފައިސާ ރަމްޒެއް ނޫން ކަމަށެވެ. އެއީ އަގީދާގެ ގޮތުން ދެ ގައުމު ގުޅިފައި އޮތް ގޮތާއި، އިތުބާރާއި އެކުވެރިކަމުގެ ރަމްޒެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖެއަށް ތައާރަފްވުމަކީ ދިވެހި ހައްޖުވެރިންނަށް އެކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރަން ފެށި ކަމެއްކަމަށް ވިދާޅުވިއެވެ.