"ބޮޑު ކަންނެލި މަސްވެރިން ތިބީ މާޔޫސްވެފައި"؛ މަސްވެރިންގެ ދުވަހު އިހުތިޖާޖަށް ނުކުންނަނީ

ސަން

13 ނޮވެމްބަރު 2025 | ބުރާސްފަތި | 10:39

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު ކަންނެލި ބާނާ މަސްވެރިންނަށް ވީ ވައުދުތައް ފުއްދައިދީފައިނުވާ ކަމަށާއި، ބޮޑު ކަންނެލި މަސްވެރިން ތިބީ މާޔޫސްވެފައި ކަމަށް ބުނެ، މިއަހަރުގެ މަސްވެރިންގެ ދުވަހު އިހުތިޖާޖުކުރާނެކަން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ހާމަކޮށްފިއެވެ.

އިއްޔެ އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި ހައްލެއް ސަރުކާރުން ހޯދައިނުދީފިނަމަ ބޮޑު ކަންނެލި މަސްވެރިކަން ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ޓަކައި އެކި ގޮތްގޮތުން މަސައްކަތްކުރަމުން އައި ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ސަރުކާރު މަސް ކުންފުނި މިފްކޯއިން ބޮޑު ކަންނެލި ގަނެ ބޭރުކޮށް މާކެޓްކުރުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައި މަސްވެރިކަން ކުރުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުޑަކުރެވޭނެ މަގަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށް، މަސްވެރިންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަކީ ކަންނެލި މަސްވެރިކަމުގެ ސިނާއަތް އެތަށް ގޮތަކުން ކުރިއަރައި ދާނެ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް