މި ސަރުކާރުން ދޭ މައާފެއް ބޭނުމެއް ނޫން: ޔާމީން
ސަން
14 ނޮވެމްބަރު 2025 | ހުކުރު | 10:51
މި ސަރުކާރުން ދޭ މައާފެއް ބޭނުންފުޅު ނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ބާއްވަމުން އަންނަ ޕީއެންއެފް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން ފޯރުވަމުން އަންނަ ނުފޫޒުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.
އެގޮތުން އެ މަނިކުފާނުގެ މައްސަލައަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވައި، ޖަލުގައި ބަންދުކޮށް، ފަހުން މައާފު ދޭން މަސައްކަތްކުރަން އުޅޭކަމަށް އެ ޖަލްސާގައި ވާހަކަދައްކަވަމުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވިއެވެ.