މުޖުތަމައުގައި ނޭދެވޭ ކަންކަން ހިނގަނީ އީމާންކަމުގެ ބިންގާ ރަނގަޅަށް އެޅިފައި ނެތުމުން: ޚުތުބާ

ސަން

14 ނޮވެމްބަރު 2025 | ހުކުރު | 1:52

މިއަދު މުޖުތަމައުގައި ނޭދެވޭ ކަންކަން ހިނގަނީ، އީމާންކަމާއި އިސްލާމްކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި މީހުންގެ ހިތްތަކުގައި އެޅިފައި ނެތުމުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ދީފައިވަނީ، ތައުހީދުގެ މަތީގައި ދަރީން ތަރުބިއްޔަތު ކުރުމުގެ މައްޗަށެވެ.

ޚުތުބާގައި ވަނީ، ނަބަވީ ޙަދީޘްފުޅުތަކުގެ ތެރެއިން ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުގައި އިންސާނާއަށް، ޢަޤީދާގެ ގޮތުންނާއި ޢަމަލީ ގޮތުން ބޭނުންވާ މުހިންމު ކަންތައްތަކެއް އެކުލެވިގެންވާ ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް