ފަރުކޮޅުފުށީގެ އިމާރާތެއް ރޯވެ، އަނދައިފި

ސަން

14 ނޮވެމްބަރު 2025 | ހުކުރު | 1:23

ހުޅުމާލޭ ދެވަނަ ފޭސްގެ ބައެއްގެ ގޮތުގައި އޮންނަ ފަރުކޮޅުފުށީގެ އިމާރާތެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ, ގެއްލުންތަކެއް ވެއްޖެއެވެ.

މަންޒަރުދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި އެ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު ހުކުރު ނަމާދު ވަގުތު, ގާތްގަނޑަކަށް 13:00 ކަންހާއިރުއެވެ.

ކުރިން ރިސޯޓެއް ހިންގި, އަދި މިހާރު އިންޑަސްޓްރިއަލް އެކިއެކި ބޭނުންތަކަށް ދީފައިވާ ފަރުކޮޅުފުށީގައި މި ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އަދި ވަރަށް ބޮޑަށް ކަޅުދުންތައް އަރަމުން ދިޔައެވެ.

މައުޟޫޢުތަށް