ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ހުރިހާ ރަށެއްގައި ސްކްރީނިން ހަރަކާތްތަކެއް ބާއްވަނީ

ސަން

14 ނޮވެމްބަރު 2025 | ހުކުރު | 3:41

މިއަދު ފާހަގަކުރާ ހަކުރު ބަލީގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ ރަށެއްގައި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި މަދަނީ ޖަމިއްޔާތަކުން އިސް ނަގައިގެން ސްކްރީނިން ހަރަކާތްތައް ބާއްވަން ނިންމާފައިވާ ކަމަށް, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް މާލެ ސަރަހައްދުގެ ސުކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށް މައުލޫމާތު ދިނުމުގެ ސެޝަންތައް ރާވާފައިވާ ކަމަށެވެ.

އެގޮތުން، އައިޖީއެމްއެޗް ހޮސްޕިޓަލާއި އެޗްޕީއޭއާ ގުޅިގެން ސޯޝަލް ސެންޓަރުގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ބުންޏެވެ.

މައުޟޫޢުތަށް