ޒަކާތް ބަލައިގަންނަން ޚާއްސަ ވަކި ސޮފްޓްވެއާއެއް ހަދަނީ

ސަން

14 ނޮވެމްބަރު 2025 | ހުކުރު | 4:13

މުޅި ރާއްޖޭގައި ފައިސާއިން ފިތުރު ޒަކާތް ބަލައިގަންނަން ބޭނުންކުރާނެ ސްފޮޓްވެއާއެއް ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފިއެވެ.

އެ އިއުލާނުގައި ވަނީ، މިއީ ޒަކާތު ހައުސްގެ ބޭނުމަށް ހަދާ ސްފޮޓްވެއާއެއް ކަމަށެވެ.

އެ ކަމަށް ބީލަން ހުށަހަޅަން ހުޅުވާލީ، ވިޔަފާރި ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އެ ކަމަށް ޝައުގުވެރިވާ މީހުން އަންދާސީ ހުށަހަޅަން ރަޖިސްޓްރީކުރަން ޖެހޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް