މިރޭ ޕީއެންސީގެ ޖަލްސާ އޮތްއިރު، ވީއައިއޭގެ ޝެޑިއުލްގައި 50އަށް ވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް

ސަން

14 ނޮވެމްބަރު 2025 | ހުކުރު | 5:02

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ބޮޑު ޖަލްސާއެއް މިރޭ ބާއްވާއިރު، މިއަދަށް އެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 50 އަށް ވުރެ ގިނަ ޑޮމެސްޓިކް ފްލައިޓު ޝެޑިއުލްކޮށްފިއެވެ.

ވީއައިއޭގެ ޝެޑިއުލް ދައްކާ ގޮތުން، ރޭ މެންދަމުން ފެށިގެން މިއަދު އެކަނި 50އަށް ވުރެ ގިނަ ޑޮމެސްޓިކު ފުލައިޓް ވީއައިއޭއަށް ވަނީ ޝެޑިއުލްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، ގައުމީ އެއާލައިން މޯލްޑިވިއަންއާއި މަންޓާ އެއާއާއި ފްލައިމީގެ ފްލައިޓުތަކެވެ.

މިހާ ގިނަ އަދަދަކަށް ވީއައިއޭއަށް ފުލައިޓުތައް ޝެޑިއުލްކޮށްފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ މިރޭގެ ޕީއެންސީ ޖަލްސާއަށް އެކި ރަށްތަކުން އަންނަނީ ގިނަ ބަޔަކު މާލެ އަންނަމުންނެވެ. އެއީ، ކަނޑާއި ވައިގެ މަގުންނެވެ.

މައުޟޫޢުތަށް