ބަލިތަކުން ރައްކާތެރިވާން ޅައިރުއްސުރެ، ސިއްހީ އާދަތަކަށް އަހުލުވެރިވުން މުހިންމު: ރައީސް
ސަން
14 ނޮވެމްބަރު 2025 | ހުކުރު | 5:24
ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ޅައިރުއްސުރެ، ސިއްހީ އާދަތަކަށް އަހުލުވެރިވުން މުހިންމު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ހަކުރު ބަލީގެ ދުވަހުގެ މުނާސަބުތައި އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކެއިންބުއިމާއި ހަރަކާތްތެރިވުމާއި ދުވަހުގެ ތާވަލު ރާވާލުމުގައި ވެސް ސިއްހަތަށް ސަމާލުވާން ޖެހޭ ކަމަށެވެ.
އެގޮތުން، ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ކަންކަމަށް މުޖްތަމައު ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމާއަތްތަކާއި ފަރުދުންގެ ފެންވަރުގައި ކުރާ މަަސައްކަތްތަކަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.