ފުވައްމުލަކަށް ދޫކުރާ ފެން ރައްކާތެރި ކަމަށް ބުނެފައި އޮއްވައި، ކައުންސިލުން އަމިއްލައަށް ސާމްޕަލް ނަގަން މަޝްވަރާކުރަނީ

ސަން

14 ނޮވެމްބަރު 2025 | ހުކުރު | 6:22

ފުވައްމުލަކު ސިޓީއަށް ފެނަކައިން ދޫކުރާ ފެން ރައްކާތެރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފައި ވަނިކޮށް، ކައުންސިލުން އަމިއްލައަށް ފެނުގެ ސާމްޕަލް ނަގައި، ޓެސްޓުކުރުމަށް މަޝްވަރާކުރަން ފަށާފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހޯމަ ދުވަހުއެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެނުގެ ވިއުގައިން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ބުންޏެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ފެނަކަ ފުވައްމުލައް ބްރާންޗުން ދޫކުރާ ފެނުގެ މައްސަލައާ ގުޅިގެން އެކި ސަރަހައްދުތަކުން ފެން ނަގައިގެން ތަހުލީލުކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް