4 ވަނަ ޕާޓީއަކަށް މަހުލޫފް ޕީއެންސީއަށް

ސަން

14 ނޮވެމްބަރު 2025 | ހުކުރު | 9:59

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި, އަޙްމަދު މަހުލޫފް، ހަތަރު ވަނަ ޕާޓީއަކަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ މިރޭ ގުޅިވަޑައިގެންފިއެވެ.

ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރެއްވުމަށްޓަކައި ކަމަށް ވިދާޅުވެ، މަހުލޫފު ވަނީ މައި އިދިކޮޅު ޕާޓީ އެމްޑީޕީން ސެޕްޓެމްބަރު އަށްވަނަ ދުވަހު ވަކިވެވަޑައިގެންފައެވެ.

އެކަމާ ގުޅިގެން އެތައް ފާޑުކިޔުމެއް މަހުލޫފަށް އަމާޒުވެފައި ވަނިކޮށް މިރޭ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި މަހުލޫފް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ފޯމު ހަވާލުކުރައްވައިފައެވެ.

މައުޟޫޢުތަށް