ރައީސްގެ ނުސީދާ ރައްދެއް: ވަކި މީހަކަށް ވަކި ގޮތެއް ހެދުމަކީ "ޗޮއިސް" އެއް ނޫން، ނުވެސް ހަދާނަން

ސަން

14 ނޮވެމްބަރު 2025 | ހުކުރު | 10:44

ގާނޫނީ ގޮތުން ވަކި މީހަކު ތަފާތު ކުރުމަކީ އޮތް 'ޗޮއިސް' އެއް ނޫން ކަމަށާއި، ވަކި މީހަކު ގާނޫނީ ގޮތުން ތަފާތެއް ވެސް ނުކުރާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މިރޭ ރައްދުދެއްވައިފިއެވެ.

ޕީއެންސީން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު މިދިޔަ ދެ އަހަރު ތެރޭ ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރާ ތަނެއް ނުފެންނާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ކޮންމެ ވާހަކައެއް ދެއްކިއަސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ވެރިކަމަށް ދެ އަހަރުވާއިރު، ސިޔާސީ ހުރިހާ ވެރިން ތިބެނީ ޖަލުގައި ކަމަށާއި މިއަދާ ހަމައަށް ބަދަލު ހިފުމުގެ ރޫހުގައި މި ސަރުކާރުން އަމަލު ކޮށްފައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް