ރޯދަމަހު ކޮންމެ ގޭބިސީއެއްގެ ބިލްތައް 400 ރުފިޔާއަށް ވުރެން ބޮޑެއް ނުވާނެ: ރައީސް

ސަން

14 ނޮވެމްބަރު 2025 | ހުކުރު | 11:02

އަންނަ ރޯދަމަހު ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ 400 ރުފިޔާއަށްވުރެ ދަށުން ކަމަށާއި، ބިލުގެ ބާކީބައި ޑިސްކައުންޓުގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.

މިރޭ އޮތް ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ރޯދަމަހަކު ވެސް މި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ލުއިތަކުގެ ތެރެއިން އަންނަ ރޯދަމަހު ވެސް ކޮންމެ ގޭބީސީއަކަށް ޑޮމެސްޓިކް ރޭޓުން ބިލު ކުރާ ހުރިހާ ބިލުތަކެއް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.

އަދި މިއަހަރެކޭ އެއްފަދައިން އަންނަ ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ހަދިޔާކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް