ގިނަ ބަޔަކު ގެނެސްގެން ބޭއްވި ޕީއެންސީގެ ޖަލްސާއަށް ފާޑުކިޔުން: ''އެއްވުން ކިތަންމެ ބޮޑުވިޔަސް، އިޙުތިރާމެއް ނެތް''

ސަން

15 ނޮވެމްބަރު 2025 | ހޮނިހިރު | 11:09

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ރޭ ބޭއްވި ބޮޑު އެއްވުމާ ގުޅިގެން ސަރުކާރަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސޯޝަލްމީޑިއާގައި އެތައް ފާޑުކިޔުމެއް އަމާޒުވެއްޖެއެވެ.

ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ބައިވެރިވުމަށް މިދިޔަ ހަފުތާއިން ފަށައިގެން އަތޮޅުތެރެއިން މީހުން ގެންނަން ވަނީ ފަށައިފައެވެ. އެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، އެ ތަނަށް އެއްވެ ތިބި މީހުންގެ އަދަދު 13،000އަށް ވުރެ އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނުގެ އަރިސް ބޭފުޅުންނާއި ޕީއެންސީގެ މެންބަރުން އަންނަނީ އެއީ ފަހުގެ ތާރީޚެއްގައި ބޭއްވި އެންމެ ބޮޑު ސިޔާސީ ހަރަކާތުގެ ގޮތުގައި ސިފަކޮށް، އެކަމުން ދައްކުވައިދެނީ ސަރުކާރަށާއި ރައީސަށް އޮތް ތާއިދު ކަމަށް ބުނަމުންނެވެ. ނަމަވެސް އެ ޖަލްސާއާ ގުޅުވައި، އިދިކޮޅާއި ބައެއް އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެއެވެ.

މައުޟޫޢުތަށް