ފަލަސްތީނުގެ މިނިވަން ދުވަސް: ރައީސް ދެއްވީ ފަލަސްތީނާއެކު ދިވެހީން ތިބޭނެކަމުގެ ޔަގީންކަން

ސަން

15 ނޮވެމްބަރު 2025 | ހޮނިހިރު | 11:28

ރާއްޖޭން އަބަދުވެސް، ފަލަސްތީނާއެކު ސާބިތުވެ އޮންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްތީނުން އަމިއްލަ ދައުލަތެއް ގާއިމުކުރުމަށާއި އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖޭން އަބަދުވެސް އެ ގައުމާއި އެ ގައުމުގެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމަށެވެ.

ހަމައެއާއެކު ރައީސް ވަނީ، 1967ގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއް ގާއިމުކުރުމަށް ވަކާލާތުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ފަސްނުޖެހުމަށް ގޮވާލައްވައިފައެވެ.

މައުޟޫޢުތަށް