ކައުންސިލާއި ޑަބްލިއުޑީސީއަށް އެމްޑީއޭ ޓިކެޓުގައި ވާދަކުރަން ހުޅުވާލައިފި
ސަން
15 ނޮވެމްބަރު 2025 | ހޮނިހިރު | 12:05
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޓިކެޓުގައި ވާދަކުރަން މިއަދު ހުޅުވާލައިފިއެވެ.
އެ ޕާޓީގެ ޓިކެޓުގައި ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް މެއިލް ހުށަހެޅުމުގެ ފުރުސަތު އެމްޑީއޭއިން ދީފައި ވަނީ، އަންނަ މަހުގެ 15ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
އެ ކަމަށް ބޭނުންވާ އެޕްލިކޭޝަން ފޯމު ޕާޓީގެ މައި އޮފީހުންނާއި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ޕާޓީގެ އޮފީސްތަކުން ލިބޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.