ތިލަމާލެ ބުރިޖުގެ ތަނބުތަކުގެ ޕައިލިން ނިންމައި، މަޝްރޫއުގެ 66 ޕަސެންޓު ނިންމައިފި
ސަން
15 ނޮވެމްބަރު 2025 | ހޮނިހިރު | 1:14
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ ތަނބުތަކުގެ ޕައިލިން މަސައްކަތް ނިންމައި، މުޅި މަޝްރޫއުގެ 66 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
'ސަން'އިން ސުވާލުކުރުމުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ބުރިޖުގެ ތަނބުތަކުގެ ޕައިލިން މަސައްކަތް އެއްކޮށް ނިމި، ޕައިލް ކެޕްގެ 98 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.
މުޅި މަޝްރޫއުގެ ޑެކަށް ބޭނުންވާ ޕްރީ ކާސްޓްގެ 75 ޕަސެންޓު ސެގުމަންޓުތައް ކާސްޓުކޮށް، ބުރިޖުގެ ތަނބުތައް ގުޅާލުމުގެ 36 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.