މަހުލޫފް ޕީއެންސީއަށް: ޞާލިޙަށް ހަނދާން ކޮށްދިނީ އަސްލު އެމްޑީޕީ މީހާ ބާކީ ކުރިކަން

ސަން

15 ނޮވެމްބަރު 2025 | ހޮނިހިރު | 1:53

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގައި ހުންނަވައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ ރޭ ގުޅިވަޑައިގަތުމުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ މަނިކުފާނުގެ ސަރުކާރުގައި އެ ޕާޓީއަށް ވަފާތެރި މީހުން އެކަހެރިކޮށް މަހުލޫފަށް އިސްކަން ދިނުމުގެ ތުހުމަތާއެކު ސޯޝަލް މީޑިއާގައި ދެ ބޭފުޅުންނަށް ބައެއް މީހުން ފާޑުކިޔައިފިއެވެ.

ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރެއްވުމަށްޓަކައި ކަމަށް ވިދާޅުވެ، މަހުލޫފު ވަނީ މައި އިދިކޮޅު ޕާޓީ އެމްޑީޕީން ސެޕްޓެމްބަރު އަށްވަނަ ދުވަހު ވަކިވެވަޑައިގެންފައެވެ.

އެ ކަމާ ގުޅިގެން އެތައް ފާޑުކިޔުމެއް މަހުލޫފަށް އަމާޒުވެފައި ވަނިކޮށް ރޭ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި މަހުލޫފް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ފޯމު ހަވާލުކުރައްވައިފައެވެ. މީގެ ކުރިން މަހުލޫފު ވަނީ ޑީއާރުޕީއާއި ޕީޕީއެމާއި އެމްޑީޕީގައި ވެސް އުޅުއްވައިފައެވެ.

މައުޟޫޢުތަށް