މުސާރަ ދަށްވުމުން މުވައްޒަފުން ވަކިވުމަކީ، ނުލިބޭ ޓެކްސް ހޯދަން އެންމެ ބޮޑު ގޮންޖެހުން: ޒަރީރު
ސަން
15 ނޮވެމްބަރު 2025 | ހޮނިހިރު | 3:38
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން ވަޒީފާ ދޫކޮށްފައިދާ ވަރުން އެ ކުންފުންޏަށް ނުލިބި ހުންނަ ޓެކްސް ފައިސާ ހޯދުމުގައި ބޮޑު ގޮންޖެހުމެއް ކުރިމަތިވާ ކަމަށް މީރާގެ ޓެކްސް ކޮމިޝަނަރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަރީރު ވަނީ މީރާގައި މަސައްކަތުގެ މާހައުލުގެ ފެންވަރު ދަށްކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ. އެކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ރިކަވާ ކުރުމުގައި މީރާގެ ޕާފޯމަންސަށް ނޭދެވޭ އަސަރުކުރާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރު މީރާގައި ޓާންއޯވާ ރޭޓް ނުވަތަ މުވައްޒަފުން ވަކިވާ ނިސްބަތް ހުރީ 17 އިންސައްތައިގައި ކަމަށާއި އެ އަދަދު މި އަހަރު 21 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. މުވައްޒަފުން ވަކިވާ އެއް ސަބަބަކީ މުވައްޒަފުންގެ މުސާރަ ދަށްވުން ކަމަށް ޒަރީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މުވައްޒަފުން މުސާރަ ރަނގަޅު އެހެން ތަންތަނަށް ބަދަލުވާ ކަމަށް އޭނާ ވިދާޅުވިއެވެ.