2026ގެ ބޮޑު ދަރަނި ދައްކަން ސުކޫކް ވިއްކުން އަވަސްކޮށް، ޚަރަދުތައް ތަރުތީބުކުރަން އެމްއެމްއޭގެ ލަފައެއް

ސަން

15 ނޮވެމްބަރު 2025 | ހޮނިހިރު | 4:46

ރާއްޖޭން އަންނަ އަހަރު ރެކޯޑު އަދަދެއްގެ ދަރަންޏެއް ދައްކަން ޖެހޭއިރު، އެ ދަރަނި ދައްކަން ބޭނުންވާ ފައިސާ ހޯދަން ބޮންޑު ނުވަތަ ސުކޫކް ވިއްކުން އަވަސްކޮށް، ސަރުކާރުގެ ޚަރަދުތައް އެންމެ އިސްކަން ދޭން ޖެހޭ ތަރުތީބުން ކުރުމަށް މަރުކަޒީ ބޭންކުން މިއަދު ލަފާދީފިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. އެއީ މި އަހަރު ތަންފީޒުކުރަމުން އަންނަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ އެ އަހަރު އެކަނި ޖުމުލަ 1.1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަންޖެހެއެވެ. އޭގެ ތެރޭގައި އެއް ފަހަރާ ދައްކަން ޖެހޭ 600 މިލިއަން ޑޮލަރު ވެސް ހިމެނެއެވެ.

މައުޟޫޢުތަށް