ފާޑުކިޔުންތަކަށް މަހުލޫފުގެ ރައްދު: "ބަދަލުވީ ހަމައެކަނި ޕާޓީ، ސިޔާސީ ފިކުރެއް ނޫން"
ސަން
15 ނޮވެމްބަރު 2025 | ހޮނިހިރު | 5:30
ސިޔާސީ ޕާޓީ ބަދަލުވިޔަސް ސިޔާސީ ފިކުރެއް ބަދަލުނުވާ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަޙްމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް ސޮއިކުރެއްވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފު މިއީ އޭނާ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެނބުރި މި ދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށާއި ބަދަލުވެފައި އޮތީ ހަމައެކަނި ޕާޓީގެ ނަންކަމަށް މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވިިދާޅުވި ގޮތުގައި އޭނާގެ ސިޔާސީ މަސައްކަތް ފެށީ 2005 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އުފެއްދެވި ޑީއާރްޕީއިންނެވެ. އެޕާޓީ ތެރޭގައި ޚިޔާލު ތަފާތުވެ، އޭނާ އެ ޕާޓީން ވަކިކުރި ހިސާބުން، ރައީސް މައުމޫނާއެކު ޕީޕީއެމް އުފެއްދި އެއް ފައުންޑަރަކީ އޭނާ ކަމަށް މަހުލޫފު ވިދާޅުވިއެވެ.