މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑުކުރުމުން ޕްރެޝަރު އަތުވެދާނެ، ލަފާދިނީ ބަހާލައިގެން ކުރަން: ގަވަރުނަރު
ސަން
15 ނޮވެމްބަރު 2025 | ހޮނިހިރު | 5:04
މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑުކުރުމުން ޕްރެޝަރެއް އަތުވެދާނެކަމަށާއި, ލަފާ ދިނީ ބަހާލައިގެން މުސާރަތައް ބޮޑުކުރަން ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
ޕޭ ހާމަނައިޒޭޝަން ނުވަތަ މުސާރަ އެއްހަމަކުރުމުގެ މަސައްކަތުގެ ދަށުން، މިހާތަނަށް ބޮޑުކޮށްފައިނުވާ ސިވިލް ސާވަންޓުންގެ މުސާރަތައް މި މަހުން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި އަންނަ އަހަރު ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް މުނައްވަރު ފާހަގަކުރެއްވީ، މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުން ކަމަށެވެ.