2.5 ބިލިއަންގެ މުއާމަލާތަކީ އިންވެސްޓުމަންޓެއް، ޕްރެޝަރު ކުޑަކުރަން ގެންނަން ޖެހޭ ބަދަލެއް ގެންނާނަން: މުނައްވަރު
ސަން
15 ނޮވެމްބަރު 2025 | ހޮނިހިރު | 6:52
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުން އަތުވެދާނެ ޕްރެޝަރު ކުޑަކުރަން ގެންނަން ޖެހޭ ބަދަލެއް ގެންނާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން ވަނީ، ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓުކުރުމަށް ފަހު، އެ ފައިސާ ފެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރުމަށް ނިންމާފައެވެ.
އެ މުއާމަލާތާ ގުޅިގެން މިއަދު ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން ވަނީ ގަވަރުނަރާ ސުވާލުކުރައްވާފައެވެ.