ސިވިލް ސާވަންޓުން ގިނައިރު ވަންދެން ކޮފީގައި ތިބޭތީ، އެކަމަށް ފިޔަވަޅު އަޅަން ބޭނުން: ސީއެސްސީ
ސަން
15 ނޮވެމްބަރު 2025 | ހޮނިހިރު | 7:00
ސިވިލް ސާވަންޓުން ގިނައިރު ވަންދެން ކޮފީގައި ތިބޭ މައްސަލައިގައި ފިިޔަވަޅު އަޅަން ބޭނުންވާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒު ވިދާޅުވެއްޖެއެވެ.
މުޖުތާޒު މިގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނާޒިމް ވަނީ ސިވިލް ސާވަންޓުން ޑިއުޓީ ގަޑީގައި ކޮފީތަކަށް އަރާފައި ގިނަ ވަގުތު ހޭދަކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ކަމެއްތޯ ނާޒިމް ސުވާލު އުފެއްދެވިއެވެ. އަދި މިކަމުން ސިވިލް ސާވިސް ޚިދުމަތުގެ ފެންވަރަށް ކުރާނެ އަސަރާ ބެހޭގޮތުން ވެސް ސުވާލު ކުރައްވާފައިވެއެވެ.