ޕްރޮފެޝަނަލްކޮށް ރައީސަށް އެނގިވަޑައިގަންނަވަނީ އިތުރުފުޅު ހައްދަވަން: އިމްރާން

ސަން

15 ނޮވެމްބަރު 2025 | ހޮނިހިރު | 8:47

ޕްރޮފެޝަނަލްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރައްވަން އެނގިވަޑައިގަންނަވާ ކަމަކީ އިތުރުފުޅު ހެއްދެވުން ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީން މީހުން އެއްކޮށްގެން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާއަކީ ބޮޑު "ފެއިލިއާ"އެއް ކަމަށާއި، މާލޭން މީހުން ނާންނާނެކަން ޔަގީންވާތީ ދައުލަތުގެ މާލިއްޔާއިން 50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބައިލައްކަ މީހުން ވެސް އެއް ނުކުރެވުނު ކަމަށެވެ.

އެއީ ރައްޔިތުން ރައީސް މުއިއްޒު ބަލައިނުގަންނަ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް އިމްރާން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

މައުޟޫޢުތަށް