އަތޮޅު ކައުންސިލްތައް އުވައިލައި، ކައުންސިލަރުންގެ އަދަދު މަދުކުރަން އިސްލާހު ހުށަހަޅައިފި

ސަން

15 ނޮވެމްބަރު 2025 | ހޮނިހިރު | 10:44

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހަޅައިފިއެވެ.

އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން އިސްލާހު ހުށަހެޅީ ގާނޫނުއަސާސީގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ގާނޫނަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށެވެ.

އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅީ "އަތޮޅު ކައުންސިލް"، މި ލަފުޒު އުނިކުރުމަށެވެ. އޭރުން މި ގާނޫނު އިސްލާހުވެއްޖެނަމަ ދެން އިންތިޚާބުކުރަން ޖެހޭނީ ސިޓީ ކައުންސިލަރުންނާއި ރަށު ކައުންސިލަރުންނެވެ.

މައުޟޫޢުތަށް