17އަހަރު ފަހުން ލިބުނު ދަރިފުޅު ވިހެއިތަނުންވީ މަރު: އިހުމާލުގެ ތުހުމަތު ވިލިނގިލީ ހޮސްޕިޓަލަށް
ސަން
15 ނޮވެމްބަރު 2025 | ހޮނިހިރު | 10:36
ސަތާރަ އަހަރަށްފަހު، މިއަދު ވިހެއި ދަރިފުޅު ގއ. ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން މަރުވީ، މަންމައަށް ލިބެންޖެހޭ ފަރުވާ ނުލިބި ލަސްވުމުގެ ސަބަބުންކަމަށް ބުނެ އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި ހާދިސާގައި މަރުވީ ގއ. ދާންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އަންހެނަކު ވިހެއި އަންހެން ކުއްޖެކެވެ.
މަރުވި އަންހެން މީހާގެ އާއިލާގެ ފަރާތުން މެންބަރަކު "ސަން"އާ ވާހަކަދައްކަމުން ބުނީ، މާބަނޑުއިރު، ރަހިމުގެ ދޮރާ ދިމާލުން ލޭ އަންނާތީ އެންމެ ފުރަތަމަ ދެއްކީ ގއ. ދާންދޫ ސިއްހީ މަރުކަޒަށް ކަމަށެވެ. ސިއްހީ މަރުކަޒުން ރިފާކުރީ މާލެއިން އައިޖީއެމްއެޗުން ޑޮކްޓަރަކަށް ދައްކަން ކަމަށް ބުންޏެވެ.