ތިޖޫރީއެއް ވަގަށް ނެގި މީހަކު މި ފަހަރު ހައްޔަރު ކުރީ ބިރު ދައްކައިގެން

ސަން

16 ނޮވެމްބަރު 2025 | އާދިއްތަ | 9:33

މާލޭ ފާމަސީއެއްގެ ތިޖޫރީއެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެ، ހުކުމެއް އިއްވާފައިވާ މީހަކު، ބިރު ދެއްކުމުގެ މައްސަލަތަކެއްގައި އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

މާލޭ ފާމަސީއެއްގެ ތިޖޫރީއެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެ ކުރިން ހުކުމެއް އިއްވާފައިވަނިކޮށް އަލުން ހައްޔަރުކޮށްފައިވާ މީހަކީ ގދ ގައްދޫ. ފެތިރޯނުގެ، އަބްދުﷲ މުތުއިމް މުހައްމަދެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިއްޔެވަނީ 15 ދުވަސް ޖަހައިފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ބިރު ދެއްކުމުގެ މައްސަލަތަކާ ގުޅިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ދައުލަތުން އެދުނެވެ. އެކަމަކު އޭނާގެ ބަންދަށް 15 ދުވަސް ޖެހީ، ޝަރިއަތް ނިމެންދެން ބަންދު ކުރަން ނިންމާނީ މައްސަލަ ބަލާ ގާޒީ ކަމަށް ބަލައިފައެވެ.

މައުޟޫޢުތަށް