ސިނގިރެޓް ވައްކަން މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 11:04
ސިނގިރެޓު ވައްކަން މައްސަލައިގައި ތުހުމަތުކުރެވޭ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މީހާ ހައްޔަރުކުރީ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެމްޕީއެލް، ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގައިފައިވާ މައްސަލައިގައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ ނުވަވަނަ ދުވަހެވެ.
މި މައްސަލައިގައި ފުލުހުން އެންމެ ފަހުން ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ، މުޙައްމަދު އަލަމިން މިއާއެވެ.