ގައުމީ ތަރައްގީއަށް މުހިންމު ދާއިރާތަކަށް ރިސާޗް ގްރާންޓް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި
ސަން
16 ނޮވެމްބަރު 2025 | އާދިއްތަ | 11:10
ނެޝަނަލް ރިސާޗް ފަންޑް (އެންއާރުއެފް)ގެ ދަށުން 'އިމާޖިން ރިސާޗް ގްރާންޓްސް' (އެންއާރްއެފްއީއާރުޖީ) އަށް ރިސާޗް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ހަަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފުރުސަތަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކުން ދިރާސާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މި ގްރާންޓް ފަންޑުގެ ސަބަބުން، އިލްމީ ދިރާސާކުރުމަށް މާލީ އެހީތެރިކަން ލިބި، އައު ދިރާސާވެރިން ބިނާކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ނެޝަނަލް ރިސާޗް ފަންޑްގެ ރިސާޗް ގްރާންޓް މެނޭޖަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީއާއި ވިލާ ކޮލެޖް ކަމަށެވެ. މި ތިން ތަނުން މި ގްރާންޓްތަކަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަނެ، އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.