އެފްއޭއެމްގެ ޚިޔާނާތުގައި ހިމެނޭ އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަނީ

ސަން

16 ނޮވެމްބަރު 2025 | އާދިއްތަ | 1:31

އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، މުހައްމަދު އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ތެރޭގައި އަގީލް ހިމެނެއެވެ.

އެފްއޭއެމްގެ ޚިޔާނާތާ ގުޅޭ ގޮތުން މިއަދުގެ އަޑުއެހުން ތާވަލުކުރީ އަގީލްގެ ހެކިބަސް ނެގުމަށެވެ.

މައުޟޫޢުތަށް