މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް، ޕީސީބީ ރައީސްކަމުން ވަކިކުރި ހަމްދީ

ސަން

16 ނޮވެމްބަރު 2025 | އާދިއްތަ | 1:20

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި އައު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ކުރީގެ ރައީސް ހަމްދީ އަގީލް މިއަދު އައްޔަނުކޮށްފިއެވެ.

އެމްއެމްބީސީއިން މިއަދު ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ހަމްދީ މި މަގާމަށް އައްޔަންކުރިކަން އިއުލާންކޮށްފައެވެ.

އަސާސީ މުސާރައާއި ލިވިން އެލަވަންސް ހިމެނޭ ގޮތަށް އެމްއެމްބީސީގެ އެސްޖީއަށް މަހެއްގެ މައްޗަށް 35،500 ރުފިޔާގެ މުސާރައެއް ލިބޭގޮތަށް ކަނޑައަޅާފައިވެއެވެ.

މައުޟޫޢުތަށް